އިޢުލާން
އުޅަނދުފަހަރުތައް މަރާމާތުކުރުމުގެ ހުއްދައަށް އެދުމާ ގުޅޭ
ތިނަދޫ ސިޓީގައި ބޭނުންކުރަމުންދާ ކަނޑު އުޅަނދުފަހަރު މަރާމާތުކުރުމަށް އެހެލަންވާނީ މި ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. ކައުންސިލްގެ ހުއްދަ ލިޔުމުން ހޯދުމަކާނުލައި އުޅަނދު އެހެލާނަމަ ޖޫރިމަނާ ކުރުމާއި، އުޅަނދުތައް އެ ސަރަޙައްދުން ނެގުމުގެ މަސައްކަތް ކުރެވޭނެއެވެ.
އެހެންކަމުން، މިހާރު އެހެލާފައިވާ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން، މި އިދާރާގެ އިޢުލާން ނަންބަރު (IUL)415/415/2023/149 (ތިނަދޫ ސިޓީގައި ބޭނުންކުރަމުންދާ ކަނޑު އުޅަނދުފަހަރުތައް މަރާމާތު ކުރުމަށް އޮޑިވަޅުގެ ދޫކުރުމުގެ އުޞޫލު) އިޢުލާނުގައިވާ ގޮތުގެ މަތިން ޚާއްސަ ހުއްދައަށް އެދި، 05 އޮކްޓޯބަރ 2026 އިން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި މި އިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ޤަވާޢިދާ ޚިލާފަށް އެހެލާފައިވާ އުޅަނދުތަކާއި ބައުވެ ހަލާކުވެފައިވާ އެއްގަމު އުޅަނދުތައް ނެގުމަށް މީގެ ކުރިންވެސް ތަކުރާރުކޮށް އަންގައި އިޢުލާން ކުރެވިފައިވާނެއެވެ.
މި އެންގުމާ އެއްގޮތަށް އަމަލުކޮށްފައިނުވާނަމަ، އެ ސަރަޙައްދުން އެ އުޅަނދުތަކާއި ތަކެތި ނެގުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި އެތަކެތި އެތަނުން ނެގުމުގައި ލިބޭ ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަ އަންގައި އިޢުލާން ކުރީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.