Home
ޢާންމު މަޢުލޫމާތު

ތިނަދޫ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކުލީ ބިންތަކާއި ގުޅޭ

TCC

TCC

ނަންބަރު: (IUL)415-PS/415/2026/137

އިޢުލާން

ތިނަދޫ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކުލީ ބިންތަކާއި ގުޅޭ

  މި ކައުންސިލުން ތިނަދޫ ސިޓީގެ އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން، ބައެއް ބިންތައް ދޫކުރެވިފައިވާ ބޭނުން ނޫން އެހެން ބޭނުތަކަށް، ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، ކުލީ ބިންތަކުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޤަވާއިދާއި ޚިލާފަށް ބިން ބޭނުން ނުކުރުމަށް އަންގަމެވެ. އަދި އެއްބަސްވުމާއި ޚިލާފުވާ ފަރާތްތަކާއި މެދު ޤަވާޢިދުގެ ދަށުން އަޅަންޖެހޭ އެންމެހައި ޤާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ކުލީ ބިންތައް ބޭނުންކުރުމުގައި އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސްކުރަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

ޝެއާކުރައްވާ