Home
ޢާންމު މަޢުލޫމާތު

މަގުމަތީގައި ބަހައްޓާފައިވާ ޖޯލިފަތިތައް ނެގުމަށް އެންގޭ އެންގުން

TCC

TCC

ނަންބަރު: (IUL)415-MSS/415/2026/107

 އިޢުލާން

މަގުމަތީގައި ބަހައްޓާފައިވާ ޖޯލިފަތިތައް ނެގުމަށް އެންގޭ އެންގުން

               ތިނަދޫ ސިޓީގެ ގޯތި ގޯތީގެ އިމުން ބޭރުމަގުމަތީގައާ ޕޭވްމަންޓްމަތީގައި ޖޯލިފަތި ބަހައްޓަމުންދާކަން މިކައުންސިލަށް ދަނީ ފާހަގަކުރެވެމުންނެވެ. މަގުމަތީގައާ ޕޭވްމަންޓްމަތީގައި ޖޯލި ފަދަ ތަކެތި ބެހެއްޓުމަކީ މަނާކަމެއް ކަމުން މިހާރު އެގޮތަށް ބަހައްޓާފައިހުރި ހުރިހާ ޖޯލިފަތިތައް މަގުމަތިން ނަގާ ގޯތީގެ އިމުގެ ތެރެއަށް ބަދަލުކުރުމަށް އަންގަމެވެ. 1 ސެޕްޓެމްބަރ 2026 ގެ ފަހުން މިގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޖޯލިފަތިތައް މިއިދާރާއިން ނަގާނެ ވާހަކަވެސް އާންމުކޮން އަންގައި އިޢުލާން ކުރަމެވެ. އަދި މިގޮތަށް ނަގާ ޖޯލިފަތިތައް ޙަވާލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

                     ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ. 

ޝެއާކުރައްވާ