އިޢުލާން
ތިނަދޫ ސިޓީ ކައުންސިލްގެ ޤުރްއާން މުބާރާތް:
ތިނަދޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ތިނަދޫ ސިޓީ ކައުންސިލް ޤުރްއާން މުބާރާތް" މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ މުބާރާތަކީ ހުވަދު އަތޮޅު ދެކުނުބުރީގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 2026 ސެޕްޓެމްބަރު 24 އިން 28 ގެ ނިޔަލަށެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި 7496165 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.