އިޢުލާން
މަގުމަތީގައި ކުނި ބެހެއްޓުމާއި ގުޅޭ
ތިނަދޫ ސިޓީގެ ބައެއް މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ކުނި ބަހައްޓާފައި ހުރުމުގެ ސަބަބުން މަގުމަތީގެ ރީތިކަން ގެއްލި އާންމުނަށް ދަތިވާކަން މި ކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. ކައުންސިލްގެ ހުއްދަނެތި މަގުމަތީގައި ތަކެތި ބެހެއްޓުމަކީ އާންމު އުނދަގުލާބެހޭ ޤަވާޢިދު 2014/R-207 ގެ 14 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއް ކަމުގައި ދަންނަވަމެވެ.
އެހެންކަމުން، މަގުމަތީގައި ބަހައްޓާފައި ހުރި ތަކެތި ނަގައި މަގުތައް ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.