Home
ޢާންމު މަޢުލޫމާތު

ތިނަދޫ ސިޓީގެ މަލަމަތި ރީތި ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ލޯކަލް މާރކެޓް ސަރަޙައްދުގައި ހިތް ފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ

TCC

TCC

ނަންބަރު: (IUL)415/415/2025/211

ސުންގަޑި: 04 ޑިސެންބަރު 2025 11:00

އިޢުލާން

ތިނަދޫ ސިޓީގެ މަލަމަތި ރީތި ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ލޯކަލް މާރކެޓް ސަރަޙައްދުގައި ހިތް ފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ

     މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތިނަދޫ ސިޓީގެ މަލަމަތި ރީތި ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ލޯކަލް މާރކެޓް ސަރަޙައްދުގައި ހިތް ފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)415/415/2025/193 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.   

    ޙަވާލާދީ ދެންނެވިފައިވާ އިޢުލާނާ ގުޅިގެން އެ ބީލަމުގެ މަޢުލޫމާތު ޝީޓު ތައްޔާރު ކުރުމަށް އިތުރު ވަގުތު ބޭނުންވާތީ، މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު 04 ޑިސެމްބަރ 2025 (ބުރާސްފަތި) ދުވަހުގެ 11:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ޙަވާލާދެވިފައިވާ އިޢުލާނާއި ގުޅިގެން މި މަސައްކަތަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން

ބީލަން ހުށަހެޅުން

04 ޑިސެމްބަރ 2025

11:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

                          25 ޖުމާދުލް ޢޫލާ 1447

ޝެއާކުރައްވާ