Home
ޢާންމު މަޢުލޫމާތު

ތިނަދޫ ސިޓީއަށް ވަދެނިކުމެ ހަދާ ނެރުގެ މަގު ވަގުތީގޮތުން ބަދަލުކުރުން

TCC

TCC

ނަންބަރު: 415/MTCC/2025/6

އިޢުލާން

  ތިނަދޫ ސިޓީގައި ކުރިއަށްގެންދެވޭ " ލޭންޑް ރިކްލަމޭޝަން ފޯރ އިންޑަސްޓްރިއަލް ޒޯން އެންޑް ޝޯރ ޕްރޮޓެކްޝަން " މަޝްރޫޢުގެ ދަށުން ހިންގޭ ޑްރެޖިންގ މަސައްކަތް 2025 ވަނަ އަހަރުގެ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ވާހަކަ އެމްޓީސީސީ އިން ވަނީ މިއިދާރާއަށް އަންގާފައެވެ. އަދި، މި މަސައްކަތަށް 4 މަހާއި 5 މަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވޭތީ، މި މުއްދަތުގައި ތިނަދޫ ސިޓީއަށް މިހާރު ވަދެނިކުމެ ހަދާ ނެރުގެ މަގު، މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ކުރެހުމާ އެއްގޮތަށް ވަގުތީގޮތުން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ވުމާއެކު، މި ސަރަހައްދުގައި ދަތުރުފަތުރުކުރައްވާ އެންމެހައި ފަރާތްތަކުން މި ބަދަލަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދި ދެންނެވީމެވެ.

                  ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

ފައިލްތައް

DREDGER WORK CHART

PDF • ޑައުންލޯޑުކުރައްވާ

ޝެއާކުރައްވާ