Home
ތަމްރީނު

މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ ސްކޮލަރޝިޕް ފުރުޞަތު މުއްދަތު އިތުރުކުރެވިފައި

TCC

TCC

ނަންބަރު: (IUL)415-HR/415/2025/76

ސުންގަޑި: 24 އޭޕްރިލް 2025 12:00

އިޢުލާން

މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ ސްކޮލަރޝިޕް ފުރުޞަތު

ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއާއި ބައިނަލް އަޤުވާމީ ޖަމާޢަތަކާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ ސްކޮލަރޝިޕް ފުރުޞަތުތައް ހުޅުވާލަމެވެ.

ފުރުޞަތުގެ ޢަދަދު:

ޖުމްލަ 50 ފުރުޞަތު (ތިރީގައި ހިމަނާފައިވާ 5 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް 10 ފުރުޞަތު)

ތަމްރީނުގެ ފުރުޞަތުތައް ހަމަޖެހިފައިވާ ދާއިރާތައް: 

1) Healthcare & Social Care

  • Registered Nurses & Assistant Nurses
  • Home Healthcare & Aged Care Specialist
  • Medical Technicians & Pharmacists
  • Disability & Special Needs Support Workers
    Competitive Advantage:
    Training aligned with UK NHS, EU healthcare, and GCC medical licensing standards. City & Guides accredited certifications,

2) Construction & Engineering

  •  High Electricians, Welders, HVAC Technicians
  • Heavy Equipment Operators & Civil Engineers
  • Project Managers & Site Supervisors.
  • Gardening, Landscaping & Horticulture

Competitive Advantage:

Workforce certified to OSHA, NEBOSH, and GCC safety standards.

3) Teachers & Education Professionals

  • English, STEM, and Technical Teachers
  • Vocational & Skills Development Trainers
  • Early Childhood & Special Needs Educators
    Competitive Advantage:
    British curriculum-trained professionals with experience in international education systems.

4) IT & Digital Professions

  • Software Engineers, Cybersecurity Experts, Cloud Computing Specialists
  • AI, Data Science, & Blockchain Developers
  • IT Support & Network Security Professionals
    Competitive Advantage:
    Pakistan is a leading IT talent exporter, with professionals holding Microsoft, AWS, and Cisco certifications

5) Retail, Hospitality & Customer Service 

  • High Multilingual Customer Support Agents
  • Retail & Hospitality Managers
  • Supply Chain & Logistics Professionals

Competitive Advantage:

Extensive training in service excellence, with English speaking professionals.

 ސްކޮލަރޝިޕްގެ ދަށުން ލިބޭނެ ޢިނާޔަތްތައް:

  • ތަމްރީނު ހިންގާ މަރުކަޒު ހުންނަ ޤައުމާއި (މަރުކަޒާއި) ހަމައަށް މާލެއިން ދަތުރު ކުރާ ދެކޮޅު ޓިކެޓު (ދަތުރު ޚަރަދު).
  • ކޯހުގެ ދުވަސްވަރު އެޤައުމުގައި ހުރުމާއި ކެއުމުގެ ޚަރަދު.
  • ތަމްރީނުދޭ މަރުކަޒަށް ދައްކަންޖެހޭ ހުރިހާ ފީއެއްގެ ޚަރަދު.
  • ވިސާ އަށް ދައްކަންޖެހޭ ފީގެ ޚަރަދު.

(އަމިއްލަ ޕާސްޕޯރޓް ހެދުމާއި، ތިނަދޫ އިން މާލެއަށް ދަތުރު ކުރުން ފަދަ އެހެނިހެން ޚަރަދުތައް މިސްކޮލަރޝިޕް ތެރޭގައި ހިމެނިފައިނުވޭ)

ތަމްރީނު ޕްރޮގްރާމްތަކުގެ މުއްދަތު:

12 ހަފްތާ އާއި 16 ހަފްތާ އާއި ދެމެދު (3 މަހާއި 4 މަސް ދުވަހާއި ދެމެދު)

ތަމްރީނުތައް ހަދަން ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ހުންނަންވީ އަސާސީ ޝަރުޠުތައް:

  • 1 ޖަނަވަރީ 2025 އަށް ޢުމުރުން 45 އަހަރު ފުރިފައި ނުވުން.
  • ގްރޭޑް 10 އާއި ހަމައަށް ތަޢުލީމް ޙާޞިލްކޮށްފައިވުން.
  • އިގިރޭސިބަހުން ޢާއްމު ލިޔެކިއުމާއި، ވާހަކަދެއްކުމާއި ދޭހަވުމުގެ ހުނަރުތައް ލިބިފައިވުން (ކިޔަވައިދޭނީ އިގިރޭސި ބަހުން).
  • ތިނަދޫ ސިޓީގައި ރަށްވެހިވެފައިވާ ފަރާތެއް ނުވަތަ ތިނަދޫ ސިޓީއަށް ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ ފަރާތަކަށްވުން.
  • 2026 ވަނަ އަހަރުގެ ނިޔަލަށް މުއްދަތު ހަމަނުވާ ދިވެހި ޕާސްޕޯޓެއް އޮތުން.

މިފުރުޞަތަށް އެދޭ ފަރާތްތަކުން އެދި ހުށައަޅަންވީ ގޮތް:

މިތަމްރީނު ފުރުޞަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ފޮނުއްވުން އެދެމެވެ.  (ފުރިހަމަ ކުރަން ބޭނުންވާ ކޯސް ޖައްސަވާއިރު ބޭނުންވާ ތަރުތީބުން ގިނަވެގެން 3 ކޯހެއް ޖެއްސެވިދާނެއެވެ. ނަމަވެސް އޭގެތެރެއިން ފުރުޞަތު ލިބޭނީ ކޮންމެވެސް 1 ތަމްރީނު ޕްރޮގްރާމަށެވެ.)

  • އެޕްލިކޭޝަން ފޯމާއި ލިޔުންތައް ތިރީގައިމިވާ އީމެއިލަށް ފޮނުވުމުން ބަލައިގަނެވޭނެ.

[email protected]

ނުވަތަ

  • ސުންގަޑީގެ ކުރިން މިއިދާރާ ހުޅުވިފައިހުންނަ ރަސްމީ ކޮންމެ ދުވަހަކުވެސް މިއިދާރާގެ ރިސެޕްޝަނުން ބަލައިގަނެވޭނެ.

 

އެޕްލިކޭޝަން ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި:

24 އޭޕްރީލް 2025، ބުދަ ދުވަހުގެ 12:00 ގެ ކުރިން.

 

މިފުރުޞަތު ތަކަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމާއި، އިސްކަންދެވޭނެ ކަންކަން:

  • ނާޒުކު ޙާލަތުގައިވާ ފަރާތްތަކަށް ދިރިއުޅުމުގެ އާމްދަނީ އިތުރު ކުރުމުގެ ފުރުޞަތު ހޯދައިދިނުން.
  • ފުރުޞަތު ގެއްލިފައިވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ހޯދައިދިނުން.
  • ތިނަދޫ ސިޓީގެ ރަށްވެހީންގެ މަސައްކަތްތެރިކަމުގެ ޤާބިލްކަން އިތުރުކޮށް، އާމްދަނީ ލިބޭނެ ފުރުޞަތު ހޯދައިދިނުން.
  • ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދައިގަނެވޭވަރުގެ އާމްދަނީއެއް ލިބޭނެފަދަ ވަޒީފާގެ ފުރުޞަތު ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

މިފުރުޞަތުތަކަށް މީހުން ހޮވުމުގެ މަރުޙަލާ ކުރިއަށްދާނެގޮތް:

ހުށައަޅާ ފަރާތްތަކުގެތެރެއިން މީހުން ޝޯޓްލިސްޓް ކުރެވޭނީ މަތީގައިވާ ޝަރުޠުތަކަށް ބަލައިގެން ކޯސްތަކަށް ލިބިފައިހުންނަ އެޕްލިކޭޝަންތަކަށް ބަލައި، 5 ކެޓަގަރީއަށް ބައިވެރީން ނެގޭނެ ގޮތަކަށް ބަލައިގެންނެވެ.

  • 50 ފަރާތުގެ ލިސްޓު ފައިނަލް ކުރައްވާނީ ތިނަދޫސިޓީގެ މޭޔަރުގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އިދާރީ ކޮމެޓީއަކުން. އަދި މިމަރުޙަލާގައި ކޮންމެހެން ބޭނުންވެއްޖެ ކެނޑިޑޭޓަކާއި އިންޓަރވިއުވެސް ކުރެވޭނެ.
  • މިގޮތުން ހޮވޭ ނަންތައް ސްކޮލަރޝިޕްތައް ދޭ ފަރާތަށް ފޮނުވޭނެ.
  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި، ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށްވެސް އެކަން ލިޔުމުން އަންގަމުން ގެންދެވޭނެ.
  • މިފުރުޞަތުތަކަށް ހޮވޭ 50 ފަރާތުގެ ނަންތައް ސްކޮލަރޝިޕްދޭ ފަރާތަށް ފޮނުވުމުން އެތަނުން ސްކްރީން ކުރެއްވުމަށްފަހު ކޮންމެ ބައިވެރިއަކު ފުރުއްވަންޖެހޭ އިތުރު ތަފްޞީލް ފޯމެއް މިއިދާރާ މެދުވެރިވެ ބައިވެރީންނަށް ފޯރުކޮށްދޭނެ. އަދި މިފޯމް ފުރުމަށް މުއްދަތެއް ދެވޭނެ.
  • ފޯމު ފުރުއްވުމަށްފަހު ކޯހަށް ހޮވިއްޖެކަން ކަށަވަރުކޮށްދީ، ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެފަރާތްތަކަށް ވަކިވަކީން އެންގޭނެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.

15 ޝައްވާލް 1446 .ހ

ފައިލްތައް

Scholarship Form

PDF • ޑައުންލޯޑުކުރައްވާ

ޝެއާކުރައްވާ