އިޢުލާން
ތިނަދޫ ސިޓީ ތާރަ އަޅާފައިވާ މަގުތަކުގައި އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައި ޗޭނުލީ ހެވީ ވެހިކަލް ( އެކްސްކަވޭޓާރ ) ދުއްވާކަން ވަނީ ފާހަގަވެފައެވެ. ތާރަ އަޅާފައިހުރި މަގުތަކުގައި ޗޭނުލި ހެވީ ވެހިކަލްދުއްވުމުން ތާރަގަޑަށް ބޮޑެތި ގެއްލުންތަކެއް ލިބި މަގުގައި ވަޅުގަނޑު ހެނދި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވުމުގެ ފުރުސަތު އޮތުމާއެކު މިގޮތަށް އަމަލު ނުކުރުމަށް ދަންނަވަމެވެ. އަދި މިގޮތަށް ތާރަމަގުގައި ދުއްވަން ޖެހިއްޖެ ހާލަތެއްގައި ކައުންސިލްގެ ހުއްދަނަގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަށް ތިނަދޫ ސިޓީގެ ހުރިހާ މުއައްސަސާތަކާއި އެންމެހައި އާންމު ފަރާތްތަކަށް އަންގައި އިޢުލާން ކުރަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
16 ޝައްވާލް 1446