Home
ޢާންމު މަޢުލޫމާތު

ތިނަދޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ ކޮންޑިޝަނަލް ގޯއްޗާއި ގުޅޭ

TCC

TCC

ނަންބަރު: (IUL)415/415/2024/267

ސުންގަޑި: 05 ނޮވެންބަރު 2024 14:00

އިޢުލާން

  ތިނަދޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ ކޮންޑިޝަނަލް ގޯއްޗާއި ގުޅޭ

 ތިނަދޫ ސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ ކޮންޑިޝަނަލް ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި 29 ސެޕްޓެމްބަރ 2024ގައި ބޭއްވުނު ގުރުއަތުލުމަށް ހާޟިރުވި ގޯތި ލިބުނު ފަރާތްތަކަށް ވާނީ ގޯތި ލިބުނު ކަމުގެ ލިޔުން ޙަވާލުކުރެވިފައެވެ. އެހެން ނަމަވެސް ގުރުއަތު ލުމަށް ހާޟިރު ނުވެވުނު ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ގޯތި ޙަވާލު ކުރި ކަމުގެ ލިޔުމާ ޙަވާލުވެފައި ނުވާތީ 05 ނޮވެމްބަރ 2024ގެ 14:00ގެ ކުރިން ލިޔުމާ ޙަވާލުވުމަށް އަންގަމެވެ. މި މުއްދަތުގެ ތެރޭގައި ގޯތި ލިބުނު ކަމުގެ ލިޔުމާ ޙަވާލުނުވާ ފަރާތްތަކުގެ ގޯތިތައް އިތުރު އެންގުމަކާ ނުލައި ބާޠިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ހަމައެއާއެކު އެގްރިމެންޓްގައި ސޮއިކުރުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި، ކޮންޑިޝަނަލް ގޯތި އުޞޫލުގައިވާ ގޮތުގެ މަތިން ރަށްވެހިކަން ބަދަލުކުރަންޖެހޭ ފަރާތްތަކުން، އެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމެވުމަށް އިލްތިމާސް ކުރަމެވެ. ގޯތި ލިބުނު ކަމުގެ ލިޔުމުގައި ކޮންޑިޝަނަލް ގޯތީގެ އެއްބަސްވުމުގައި 01 މަސްދުވަހުގެ ތެރޭގައި ސޮއި ކުރުމަށް ލިޔެވިފައިވީނަމަވެސް ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ މި އިދާރާއިން ގުޅާ ތަރުތީބުން ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާއެކު މިހާތަނަށް  ކޮންޑިޝަނަލް ގޯތި ޙަވާލު ކުރި ކަމުގެ ލިޔުމާ ޙަވާލުވެފައި ނުވާ ފަރާތްތަކުގެ ލިސްޓު އެއްކަރުދާސްކުރެވިފައިވާނެއެވެ.

ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

ފައިލްތައް

LIST

PDF • ޑައުންލޯޑުކުރައްވާ

ޝެއާކުރައްވާ