Home
ޢާންމު މަޢުލޫމާތު

ދިރިއުޅުމަށްޓަކައި ތިނަދޫ ސިޓީން ދޫކޮށްފައިވާ ބަންޑާރަ ގޯތި/އަމިއްލަ ގޯތި ލާޖެއްސުމުގެ އުޞޫލު އާއްމުކުރުން

TCC

TCC

ނަންބަރު: (IUL)415/415/2024/263

އިޢުލާން

  ދިރިއުޅުމަށްޓަކައި ތިނަދޫ ސިޓީން ދޫކޮށްފައިވާ ބަންޑާރަ ގޯތި/އަމިއްލަ ގޯތި ލާޖެއްސުމުގެ އުޞޫލު އާއްމުކުރުން

ލާޖެއްސުމަށް އެދި ހުށަހަޅާ ހުށަހެޅުމާ އެއްގޮތަށް ލާޖައްސައި ބިމުގެ ރަޖިސްޓްރީއަށް ބަދަލުގެނައުމަކީ ފަހުން އެކަމުގައި ގޯތީގެ ހައްޤުވެރިންގެ މެދުގައި މަސްލަޙަތު ގެއްލި އިޔާދަނުކުރެވޭ ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމެއްކަމަށް ފެންނާތީއާއި އަދި އެފަދަ ޝަކުވާތައް ގޯތީގެ ހައްޤުވެރިންގެ ފަރާތުން ކައުންސިލްގައި ކުރަމުންދާތީ، ލާޖެއްސުމުގެ އުޞޫލެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށް ދެކޭތީ މި މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ " ތިނަދޫ ސިޓީން ދޫކޮށްފައިވާ ބަންޑާރަގޯތި ލައިޖެއްސުމަށް އެކުލަވާލެވިފައިވާ އުޞޫލު" 28 އޮގަސްޓް 2024ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 04 ވަނަ ދައުރުގެ 157ވަނަ ރަސްމީ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.

              މިހެންވެ, މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ

ފައިލްތައް

USOOL

PDF • ޑައުންލޯޑުކުރައްވާ

ޝެއާކުރައްވާ