Home
ޢާންމު މަޢުލޫމާތު

އިމާރާތް ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލު ކުރުމަށް އެންގުން

TCC

TCC

ނަންބަރު: (IUL)415/415/2024/216

އިޢުލާން

އިމާރާތް ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލު ކުރުމަށް އެންގުން:

 ދިވެހިރާޖޭގެ ޤާނޫނު ނަންބަރ 4/2017 "އިމާރާތް ކުރުމުގެ ޤާނޫނު" ދަށުން ނަގަންޖެހޭ ހުއްދަތައް ނުނަގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން މިއިދާރާއަށްވަނީ ފާހަގަ ކުރެވިފައެވެ. އަދި ދަންނަވަމެވެ، ދެންނެވިފައިވާ ޤާނޫނާއި އެއްގޮތަށް ޢަމަލު ނުކުރާފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ. އަދި މިގޮތަށް އިމާރާތް ކުރުމުގެ ހުއްދަނުނަގައި ނުވަތަ އިމާރާތް ކުރުމުގެ ޤާނޫނާއި ހިލާފަށް ހަދަމުންދާތަނެއް ފާހަގަ ކުރެވިފައިވާނަމަ އެކަން މިއިދާރާގެ ނަންބަރ 6841052 އަށް ގުޅުއްވައި ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް އެކަން ހިއްސާކޮށް ދެއްވުން އެދެމެވެ.

ޝެއާކުރައްވާ